ފުރަބަންދަށް ލުއި ދިންކަމުގައި ވީ ނަމަވެސް ފުރަތަމަ ފިޔަވަހީގައި ސްކޫލްތައް ހުންނާނީ ބަންދުކޮށްފައި ކަމަށް ހެލްތު މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ. އަދި މި މަރުހަލާގައި ކޮލެޖު އަދި ޔުނިވަރސިޓީތައް އޮންލައިންކޮށް ކިޔަވާދޭ ގޮތަށް ހުޅުވޭނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅިވީ އާއްމު ޚިދުމަތަށް ސަރުކާރުގެ އޮފީސްތައް ހުޅުވުމަށްވެސް ރޭވިފައި ނެތް ކަމަށެވެ. ނަމަވެސް ޚިދުމަތްދެވޭ ވަރަށް އޮފީސްތައް ހުޅުވޭނެ ކަމަށް ވިދާޅުވިިއެވެ. މީގެ އިތުރުން ރޭވިފައިވާ ގޮތަށް ޚިދުމަތް ދިިނުމަށް އަމިއްލަ އޮފީސްތައްވެސް ހުޅުވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފުރަބަންދުގެ ހާލަތުން ލުއި ދިނުމުގެ ހާލަތަށް ބަދަލުކުރާއިރު ލުއި ދޭ ފުރަތަމަ މަރުހަލާގައި ލުއިދެނީ ދެ ހަފްތާ އަށެވެ. މިއީ ލުއި ދިނުމުގެ ސަބަބުން ބަލި ފެތުރުމަށް އަންނަ ބަދަލު ފެންނާނީ ދެ ހަފްތާއިން ކަމަށްވާތީއެވެ.