ރާއްޖޭން ކޯވިޑް ޖެހުނު މީހުންގެ ޢަދަދު އެގާރަ ހާހުން މައްޗަށް

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ޢަދަދު އެގާރަ ހާހުން މައްޗަށް އަރައިފިއެވެ.

މިއަދުގެ އިރުއޮއްސި ހަޔަކާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް 19 އަށް އަލަށް ޕޮޒިޓިވްވި އަދަދަކީ 69 ގައެވެ. މިޢަދަދާއެކު ކޯވިޑް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 11062 އެކެވެ. 

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން، ކޯވިޑް- 19 އަށް ޕޮޒިޓިވްވި، މިއަދުގެ ޢަދަދުގައި ހިމެނެނީ 29 ދިވެހިންނާއި 40 ބިދޭސީންނެވެ. މިއަދުގެ ޢަދަދުގެ ތެރެއިން ހަ މީހަކު ފިޔަވައި އެންމެންނަކީ ވެސް މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުންނެވެ. މިހާރު އަތޮޅުތަކުގެ 19 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދަކީ 152 އެވެ. މިވަގުތު 19 ރިސޯޓެއްގައި 14 ޓޫރިސްޓަކާއި 19 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ. 

ބަލިޖެހި ޝިފާ ލިބުނު މީހުންގެ ޢަދަދު 9880 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1140 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 61 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 367 މީހުންނެވެ. ވޭތުވެ ދިޔަ 24 ގަޑިއިރު ބައްޔަށް ޓެސްޓް ކުރެވުނު ޢަދަދަކީ 1221 އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.