
ކޯވިޑްގައި ރާއްޖެއިން މަރުވި މީހުންގެ ޢަދަދު 31 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑްގެ 31 ވަނަ މަރަކީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ރޭގެ ވަގުތެއްގައި މަރުވި ޢުމުރުން 58 އަހަރުގެ މީހާއެވެ. އޭނާ މަރުވެފައި ވަނީ ރޭ 8:15 ގައެވެ. އެމީހާއަކީ ހއ. ކެލާގައި ކަރަންޓީނުގައި ހުރި މީހެކެވެ. އެ މަރަކީ ކޯވިޑްގެ މަރެއްކަމަށް އެޗްޕީއޭއިން ކަނޑައެޅީ މިރޭގެ ވަގުތެއްގައެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑްގެ 30 ވަނަ މަރަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު އިރުއޮއްސި 6:24 ހާއިރު މަރުވި ޢުމުރުން 60 އަހަރުގެ ފިރިހެނެކެވެ.