ރާއްޖޭގައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިއެވެ. މިރޭ ގައުމާ މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ވިދާޅުވި ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއެކު އަޅަމުން ގެންދާނޭ ޚާއްސަ ފިޔަވަޅުތައް އިއުލާނު ކުރަމުން ގެންދާނެއެވެ. ހާލަތު އުވާލި ނަމަވެސް ކޯޥިޑް ޖައްސާ ވައިރަހަށް އަނަން ބަދަލާއި ފެތުރޭ ގޮތް ބަލަމުން ގެންދާނޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ވަނީ ކޯވިޑްގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުން ވެފައެވެ. އެހެންނަމަވެސް އިގްތިސާދު އެންމެ ހަލުވި ކަމާއެކު ކުރިމަރަމުން ދާނޭ ފަސް ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. އެއީ ސަރުކާރުން އެޅި ފިޔަވަޅުތަކަށް ރައްޔިތުން ދިން އެއްބާރުލުމުގެ ނަތީޖާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.