ސޯމާލިޔާގެ އަވަށެއްގެ މީހުންނާ އައްޝަބާބުގެ ހަނގުރާވެރިންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެއްޖެ

އައްޝަބާބު ޖަމާއަތުގެ ހަނގުރާމަވެރިން ހަތިޔާރާއެކު

ސޯމާލިޔާގެ މެދުތެރޭ އަވަށެއްގެ މީހުންނާ އަލްޤާއިދާާއާ ގުޅިގެން ސޯމާލިޔާގައި ހަނގުރާމަކުރަމުންދާ އައްޝަބާބު ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެއްޖެއެވެ.

"ޝަބީލޯ އަވަށުގައި 30 މީހުން (އޭގެ ތެރޭގައި 16 ހަނގުރާމަވެރިން) މަރުވެފައިވާ ކަމުގެ ރިޕޯޓުތައް އަހަރުމެންނަށް ލިބެމުން އެބަދޭ. އެ އަވަށުގެ އާއްމުން ވަނީ ޓެރަރިސްޓުންނާ ކުރިމަތިލުމަށް ހަތިޔާރާއެކު ނުކުމެފައި." ގަލްމުދުގް ސަރަހައްދުގެ ސަރުކާރުގެ ތަރުޖަމާނު އުސްމާން އީސާ ނޫރު ވިދާޅުވިއެވެ.

އެ ސަަރަހައްދުގެ މަސްއޫލުވެރިން ޚަބަރުދެއްވާ ގޮތުުގައި މަރުވި މީހުންގެ ތެރޭގައި އެ ސަރަހައްދުގެ ހަނގުރާމަވެރިން ގިނައެވެ.

"ހަތިޔާރާއެކު ނުކުތް އަވަށުގެ މީހުން ނިންމީ އެމީހުންގެ ގެރި ބަކަރި ހަނގުރާމަވެރިންގެ ކިބައިން ސަލާމަތްކުރުމަށް އެ ޓެރަރިސްޓުންނާ ހަނގުރާމަކުރަން." އުސްމާން އިތުރަށް ވިދާޅުވިއެވެ.

ފަސް ގަޑިއަށް ދެމިގެން ދިޔަ ވަރުގަަދަ ހަމަލާތައް ނިމުނު އިރު އަވަށުގެ އާއްމުންގެ ތެރެއިން 14 މީހަކު ވަނީ މަރުވެފައެވެ. އަދި އެއަވަށުގެ ގިނަ ބަޔަކު ޒަޚަމްވެގެން ކައިރީގައި އޮތް ގަލްކާޔޯ އަވަށުގެ ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.

ގަލްކާޔޯ އަވަށުގެ އިސް ރަށްވެއްސަކުު ކަމުގައިވާ ޢަބްދީ ސިޔާދު ބުނިގޮތުގައި އަވަށްތަކުގެ މީހުން ދަނީ އައްޝަބާބުގެ ބިރެދެއްކުމާ އަނިޔާވެރިކަމާ ދެކޮޅަށް އަމިއްލަ ނަފުސު ދިފާއުކުރުމުގެ މަަގުސަދުގައި ހަތިޔާރު އުފުލާފައެވެ. އޭނާ ވަނީ އަމިިއްލަ ނަފުސުގެ ދިފާއުގައި ބޭނުންކުރާނެ ހަތިޔާރު އަވަށްތަކުގެ މީހުންނަށް ދިނުމަށް ސޯމާލިޔާ ސަރުކާރަށް ގޮވައިލާފައެވެ.

ސޯމާލިޔާގެ ދެކުނާއި މެދުތެރޭގެ ބޮޑު ބައެއް އަދިވެސް އޮތީ އައްޝަބާބު ޖަމާއަތުގެ ބާރުގެ ދަށުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.