އެމް.ޑަބްލިއު.އެސް.ސީގެ 72 މުއައްޒަފަކަށް ފްލެޓް ލިބޭނެ: އެމް.ޑީ

ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އަޅާ ޓަވަރަށް އެ ކުންފުނީގެ މުއައްޒަފުންގެ ތެރެއިން 72 މުއައްޒަފަކު ހޮވިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. އެކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ އެމް.ޑީ ހަސަން ޝާހް ވިދާޅުވީ ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލީ މުއައްޒަފުންގެ ތެރެއިން 72 މުއައްޒަފަކަށް ފްލެޓް ލިބޭނެ ކަމަށެވެ.

މުއައްޒަފުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ޑައުންޕޭމަންޓު ދެއްކުން ކަމަށާއި ހޮވިފައިވާ މުއައްޒަފުންނަށް ލުޔެއް ހޯދާ ދިނުމުގެ މަސައްކަތް ވެސް މިހާރު ކުންފުނިން ކުރަމުން ގެންދާ ކަމަށް ޝާހް ވިދާޅުވިއެވެ. އެގޮތުން ކުންފުނީގެ ބޯޑާއެކު ފައިނޭންސިން ޕާޓީތަކާއެކު މަޝްވަރާ ކުރިއަށް ދާކަމަށް ޝާހް ވިދާޅުވިއެވެ. އަދި މި މަޝްވަރާތަކުގެ ސަބަބުން ވަރަށް ބޯޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ މައުލޫމާތު ހިއްސާކުރެވޭ ވަރު ވާނެ ކަމަށް ވިދާޅުވިއެވެ. ބައްދަލުވުންތަކުގެ ސަބަނުން ފުރަތަމަ ދައްކަންޖެހޭ ޕޭމަންޓަށް ލުޔެއް ލިބިގެންދާނެކަން ވެސް ޝާހް ފާހަގަކުރެއްވިއެވެ. އެއަށްފަހު މުއައްޒަފުންނަށް ލޯނަށް ވެއްދުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފްލެޓަށް ހޮވުނު މީހުން ކުރިމަތިލާފައިވަނީ 2 ރޫމު އެޕާޓްމަންޓަށާއި 3 ރޫމް އެޕާޓްމަންޓަށް ކަމަށޤ ޝާހް ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.