
ކޯވިޑް-19 އަށް މިއަދު 104 މީހުން ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރެއިން ދިވެހިގްގެ އަދަދަކީ 76 އެވެ. ބިދޭސީ 28 މީހުންގެ ތެރެއިން 22 މީހުންނަކީ ބަނގްލާދޭޝް މީހުންނެވެ. ދެން ތިބީ އިންޑިއާގެ 5 މީހުންނާއި ނޭޕާލު މީހެކެވެ.
މިއަދު އިތުރަށް ޕޮޒިޓިވް ވެފައިވަނީ ބަނގްލަދޭޝްގެ 25 މީހަކާއި އިންޑިއާގެ 10 މީހަކާއި ސްޕެއިންގެ ދެ މީހުންނެވެ.
ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު މިހާރު 7329 އަށް އަރާފައިވާއިރު 4691 މިހަކު ބަލިން ރަނގަޅުވެފައިވެއެވެ. ބަލިން ފަސޭހަނުވެ 2610 މީހުން އެބަތިއްބެވެ. މިހާތަނަށް 28 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.
މިއަދު ބަލިޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި ހުރިހާ އެންމެންނަކީ ވެސް މާލެ ސަރަހައްދުން ބަލިޖެހުނު މީހުންނެވެ.