އަނެއްކާ ވެސް ޑރ. ޝީނާގެ ފަރާތުން ކަންބޮޑުވާފަދަ ވާހަކަތަކެއް

ފަރުވާދިނުމަށް ހުރި އެނދުގެ 62 އިންސައްތަ ހުރީ ފުރިފައި

ރާއްޖޭގައި ކޮވިޑް ބަލީގެ މީހުން އިންތިޙާއަށް އިތުރުވަމުންދަނިކޮށް އެޕިޑަމިލޮޖިސްޓެއްކަމުގައިވާ ޑޮކްޓަރ ޝީނާމޫސާގެ ފަރާތުން އަނެކާވެސް މިވަނީ ކަންބޮޑުވާފަދަ ވާހަކަތަކެއް އިވިފައެވެ.

ރާއްޖެޓީވީގެ "ޚަބަރު ފީތާ" ގައި ވާހަކަ ދައްކަވަމުން ޑޮކްޓަރ ޝީނާ ވިދާޅުވީ މިހާރު ރާއްޖޭގައި ކޮވިޑަށް ފަރުވާ ދިނުމަށް ޤާއިމްކޮށްފައިވާ އެނދުގެ 62 އިންސައްތަ ހުރީ ފުރިފައި ކަމަށެވެ. ހައެނދަށް ނަރުހެއް ލައިގެން ޚިދުމަތް ދޭން ޖެހޭއިރު، މިހާރުކެޕޭސިޓީއަށް ބަލާއިރު ޚިދުމަތް ދެމުންދަނީ ކޮންމެ 30 އެނދަކަށް ނަރުހެއް ހުރެގެން ކަމަށެވެ. މިޢަދަދުތަކަށް ބާލާއިރު ޑޮކްޓަރުންގެ ޙާލަތު އުޅޭނީ މާދަށްކޮށްކަމަށެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ ބަލިމީހުންނަށް ރައުންޑެއް ޖެހުމަށް ޑޮކްޓަރ 10 ގަޑީއިރު ހޭދަވާކަމަށް މަޢުލޫމާތު ލިބޭކާމަށް، ޑރ ޝީނާ ފާހަގަ ކުރިއެވެ. އެހެން ދިމާވަނީ ޑޮކްޓަރުން މަދުވުމުން ކަމަށް ފާހަގަކުރެއްވިއެވެ. ހުރިހާ ޑޮކްޓަރުންނަކީ ހަމައެކނި ކޮވިޑަށް ޚާއްޞަ ކުރެވޭނެ ޑޮކްޓަރުންނޫންކަމަށާއި ފަރުވާ ދޭންޖެހޭ އެހެންބަލިތަކަށް ވެސް ޑޮކްޓަރުން ތިބެންޖެހޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޑޮކްޓަރ ޝިނާ ވިދާޅުވީ މިހާރުގެ ޙާލަތަށް ބާލައިރު ފަންނީ ގޮތުން އޭނާ ދެއްވާނެ އިރުޞާދަކީ ލޮކްޑައުނަކަށް ދިއުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިޤްތިޞާދީ އިޖްތިމާޢީ ޙާލަތަށް ބަލައި، އަދި ކުރިންވެސް ތަޖްރިބާކުރަން ޖެހުނު ކަންކަމާ ހުރެ ލޮކްޑައުންނަށް ނުގޮސް އޮތީކަމަށެވެ. ނަމަވެސް ފިޔަވަޅުތައް އެޅުމުގައި ބަލަން ޖެހޭ މިންގަޑުތަކަށް ބަލާއިރު ނިމިދިޔަ ހަފްތާގައި ލޮކްޑައުނަކަށް ނުގޮސް ސަލާމަތްވީ އެންމެ ޕޮއިންޓަކުންކަމަށް ޑޮކްޓރ ޝިނާ ފާހަގަ ކުރެއްވިއެވެ. 

ޑޮކްޓަރ ޝިނާ ވިދާޅުވީ ރާއްޖޭގައި އެހާ އަވަހަށް ލުއި ދެވުނީވެސް ރާއްޖޭގައި ދިމާވި އިގްތިޞާދީ އިޖްތިމާއީ މައްސަލަތަކާ ހުރެ ކަމަށެވެ. ބައެއް ޤައުމުތަކުގައި ލުއިތައް ދެވިފައިވައި ވަނީ ބަލިމީހަކު ނުފެންނަތާވެސް އެތައް ދުވަސް ކޮށްފައިކަމަށް ވިދާޅުވިއެވެ. އަދި ކޭސްތައް އިތުރުވުމުން ދެވަނަ ފަހަރަށް ލޮކްޑައުންނަށް އެތައް ޤައުމެއް ދިޔަކަންވެސް ފާހަގަކުރެއްވިއެވެ.

މިހާރު ރާއްޖެއިން ކޭސްތައް ފެންނަމުންދާ ރޭޓަށް ބަލާއިރު ދުވާލެއްގެ މައްޗަށް 600 އަށް ވެސް ބަލިޖެހޭ މީހުންގެ ޢަދަދު ގޮސްދާނެކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. ނަމަވެސް އެވަރު ބަލިޖެހިގެން ނުހޯދިދާނެކަމަށް އޭނާ ވިދާޅުވިއެވެ. އާއްމުގޮތެއްގައި ބަލިޖެހިގެން ހޯދޭނީ ބަލިޖެހޭމީހުންގެ ހަތަރުބައި ކުޅައެއްބައި ނުވަތަ ތިންބައިކުޅަ އެއްބައި ކަމަށް ވިދާޅުވިއެވެ. ޓެސްޓްކުރެވޭ މިންވަރުވެސް 500 އިން 1000 އަށް އިތުރުކުރެވުނު ގޮތަށް އެއަށް ވުރެ މައްޗަށް ނުދާކަމަށް ވިދާޅުވިއެވެ. ގިނައިން ޓެސްޓް ކުރެވޭނަމަ ބަލި މީހުންގެ ޢަދަދު އިތުރުވާނެކަން ޑޮކްޓަރ ޝީނާ ފާހަގަ ކުރެއްވިއެވެ.

ޑޮކްޓަރ ޝީނާ ވިދާޅުވީ ނުކަތާ ވަރަށް ބަލި މީހުންގެ ޢަދަދު އިތުރުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުން އިތުރުވުމަކީ ބަލީގައި ބަޔަކު މަރުވެދާނެ ކަމެއްކަމަށެވެ. އަންދާޒާ ތަކަށް ބަލާއިރު ބަލި ޖެހިގެން އައިސީޔޫއަށް ލާންޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ ބަލީގައި މަރުވާކަން ޑޮކްޓަރ ޝީނާ ފާހަގަ ކުރެއްވިއެވެ.

ކުރިންވެސް ޑޮކްޓަރ ޝީނާ ވަނީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ޙާލަތު ނުރައްކާވެދާނެ އަންދާޒާ ތަކެއް ދެއްވައިފައެވެ. ނަމަވެސް އޭރު ލޮކްޑައުންނަށް ގޮސް އެޅި ފިޔަވަޅުތަކުގެ ސަބަބަބުން އެއަންދާޒާތަކާ ޤަތަށްވެސް ޢަދަދުތަކެއް ނުދެއެއެވެ. ނަމަވެސަ އެންމް ފަހުން އެޗްއީއޯސީގައި ހާމަކުރެއްވި އަންދާޒާތަކަށް ވުރެ ބައެއް ޢަދަދުތައް މިހާރު ފެންނަމުންދަނީ ގޯސް ކޮށެވެ.

ޑޮކްޓަރ ޝިނާ ފާހަގަ ކުރެއްވި ގޮތުގައު ބަލި ޖެހޭ މީހުން އިތުރުވަނީ ގައިޑް ލައިންތަކުގައި ނުހިހެއްޓޭތީއެވެ. އެހެން ކަމުން ޢަދަދުތައް މަދުކުރުމަށް ގައިޑްލައިންތަކުގައި ހިފެހެއްޓުމަކީ ވަރަށް މުހިންމުކަމެއްކަން ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.