
ކޯވިޑް-19އާ ގުޅިގެން އެމްއެންޑީއެފުން މިހާރު ހިންގާ އޮޕަރޭޝަންގައި ބައިވެރިވުމުގެ ފުރުސަތު ކުރިން ސިފައިންގެ ޚިދުމަތުގައި އުޅުއްވި ފަރާތްތަކަށް ހުޅުވާލައިފިއެވެ.
ކޯވިޑް-19 އޮޕަރޭޝަނަށް ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކުރުމަށް ހުޅުވާލިކަން ހާމަކޮށްފައިވަނީ އެމްއެންޑީއެފްގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވީޓެއްގައެވެ.
ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 3322496، އަދި 3323708 ފޯނަށް ގުޅުއްވައި ނަން ނޯޓުކުރެއްވުމަށް އެމްއެންޑީއެފުން އެދިވަޑައިގަންނަވައެވެ. އީމޭލު މެދުވެރިކޮށް ނަން ނޯޓުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އީމޭލް ކުރައްވާނީ civil.affairs@mndf.gov.mv އަށެވެ.