ކޮވިޑް ކޮންޓްރޯލް ކުރުމަށް އަލަށް އެޅި ފިޔަވަޅާ ގުޅިގެން އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަލަށް އެޅި ފިޔަވަޅާ ގުޅިގެން، ސަރުކާރަށް އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުކުރަމުން އެބަ ގެންދަވައެވެ.  ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި އިތުރު ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 8 ން ފަތިހު 5:00  ދެމެދު މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް ވަނީ ނިންމަވައިފައެވެ. މި ނިންމުމަށް ޢަމަލުކުރަން ފަށާނީ މާދަމާ ރެއިން ފެށިގެނެވެ.

އަލަށް އެޅި ފިޔަވަޅާ ގުޅިގެން، ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވާއެއް ނުވާއެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދާއި ވަޒީރަކަށް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެހެންކަމުން ދެން ރަނގަޅުވާނީ އިސްތިއުފާ ދެއްވުންކަމަށެވެ. ޤައުމު މެނޭޖް ނުކުރެވުނު ކަމަށާއި ކޮވިޑާއި އިޤްތިޞާދުވެސް މެނޭޖެ ނުކުރެވުނު ކަމަށެވެ.

"ގައުމު މެނޭޖެއް ނުކުރެވުނު.ކޮވިޑް މެނޭޖެއް ނުކުރެވުނު.އިގްތިޞާދު މެނޭޖެއް ނުކުރެވުނު. ކުރާނެކަމެއް، ހަދާނެގޮތެއް، ބުނާނެ ބަހެއް، އުޅޭނެ ގޮތެއް އަދި ކިއެއްތަ ވާއެއް ނުވާއެއްވެސް ރައީސް ޞާލިޙަކަށް، ނަޝީދަކަށް ވަޒީރަކަށްވެސް ނޭނގުނު. ދެން ރަނގަޅުވާނީ އަވަހަށް އިސްތިޢުފާ ދިނުން." ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

ޕީއެންސީގެ ވައިސް ޕްރެޒިޑެންޓް އިބްރާހީމް ޝުޖާއު ވިދާޅުވީ ޚަރަދު ފޫބައްދަން ރައްޔިތުން ޖޫރިމަނާ ނުކޮށް ނުވަންޏާ، ސަރުކާރު ނުހިންގާނީ ކަމަށެވެ. އާމްދަނީ ހޯދާނެ ގޮތް ނޭނގެންޏާ ހުއްޓާލައި ސަރުކާރު އިސްތިއުފާ ދޭންވީ ކަމަށެވެ.

"މާދަން ދެން ފަށަންވީ 8 ގެ ފަހުން އެއްޗެއް ދުއްވާ މީހަކު ޖޫރިމަނާ ކުރަން. ބޮޑުވަރުމީ!! ރައްޔިތުން ގޭބަންދުކޮށް، އުޅެނީ ރާއްޖެ ވިއްކާލަން!! ނުތިބޭނަން!! ރައީސް ޞާލިހު އިސްތިއުފާ ދެއްވާ!!" ޝުޖާއުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.