
މިދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑަށް ޓެސްޓްކުރި ބާރަސަތޭކަ އަށްވުރެ ގިނަ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ޢަދަދު އުޅެނީ 66 ގައެވެ.
އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ޖުމުލަ ޢަދަދު ވަނީ 10،808 އަރާފައެވެ. މިއަދު ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 12 ބިދޭސީންނެވެ. އަލަށް ޕޮޒޮޓިވް މީހުންގެ ތެރެއިން ހަ މީހުންނަކީ އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 60 މީހުންނެވެ.
މިހާރު އަތޮޅުތަކުގެ 21 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދަނީ 147 މީހުންނެވެ. އެއީ 64 ބިދޭސީންނާއި 83 ދިވެހިންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން ކޯވިޑުގައި ޝިފާ ލިބުނު މީހުންގެ ޢަދަދު 9654 އަށް ވަނީއަރައިފައެވެ. މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1113 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 74 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 369 މީހުންނެވެ.
މިވަގުތު 19 ރިސޯޓެއްގައި 10 ޓޫރިސްޓަކާއި 16 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ.