މޮގަދިޝޫގެ ހޮޓަލަކަށް ދިން ހަމަލާއެއްގައި 15 މީހުން މަރުވެއްެޖެ

ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގެ ހޮޓަލަކަށް ދިން ހަމަލާއެެއްގައި މަދުވެގެން 15 މީހުން މަރުވެއްޖެއެވެ.

ފުލުހުންގެ ފަރާތުން ވާހަކަދެއްކި ކާނަލް އަޙްމަދު އަދަން ބުނިގޮތުގައި ސަލާމަތީ ބާރުތަކާ ހަނގުރާމަވެރިންނާ ދެމެދު ފަސް ގަޑިއެއްހާއިިރުގެ ކުރިމަތިލުން ހިނގާފައި ވަނީ މޮގަދިޝޫގައި އަލަށް ހުޅުވި، އަދި ޒުވާނުންގެ މެދުގައި މަގުބޫލު ހޮޓަލެެއް ކަމުގައިވާ އެލީޓް ހޮޓެލްގައެވެ.

އިންފޯމޭޝަން މިނިސްޓްރީގެ ތަރުުޖަމާނު އިސްމާއީލް މުޚްތާރު މައުލޫމާތު ދިންގޮތުގައި ސަލާމަތީ ބާރުތަކުން ވަނީ ހަމަލާދިން ހަތަރު ހަނގުރާމަވެެރިންވެސް މަރާލައި ހޮޓަލުގައި ތިބި މީހުން ސަލާމަތްކޮށްފައެވެ.

އިއްޔެ ހަވީރު ފެށި މިހަމަލާ ފަށާފައި ވަނީ ބާރުގަަދަ ބޮމަކުން ހޮޓަލުގެ މައި ދޮރޯށި ގޮއްވާލައިގެންނެވެ. އެއަށްފަހު ހަނގުރާމަވެރިން ހޮޓަލުގެ ތެރެއަށް ވަދެގަނެ ކާންތިބި ޒުވާން އަަންހެނުންނާއި ފިރިހެނުން ރަހީނުކުރީއެވެ.

އަތިރިމަތީގައި ހުންނަ ހަތަރު ފަންގިފިލާގެ އެ ހޮޓަލުގައި ތިބި ގިނަ މީހުން ވަނީ ސަލާމަތްކޮށްފައެވެ. އެހެންނަމަވެސް، އެމްބިއުލެންސް ސާވިސްގެ ޢަބްދުލްޤާދިރު ޢަބްދުއްރަޙްމާން ބުނިގޮތުގައި، 28 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.

ސޯމާލިޔާ ސަރުކާރު ވައްޓާލައި، އެ މީހުން ބޭނުންވާ ވައްތަރުގެ އިސްލާމީ ދައުލަތެއް ގާއިމުކުރުމަށް ހަނގުރާމަކުރާ އައްޝަބާބު ޖަމާއަތުން ވަނީ މި ހަމަލާގެ ޒިއްމާ އުފުލާފައެވެ. އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ވާގޮތުން، އެ ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ "ޝަހީދުވުން އެދިގެން" ދިން އެމަލާގައި ހޮޓަލުގެ ކޮންޓުރޯލު ހޯދާފައެވެ.

1991 ވަނަ އަހަރު ގެނައި އިންގިލާބެއްގައި އޭރުގެ ރައީސު ސިޔާދު ބައްރޭ ވެރިކަމުން ދުރުކުރި ފަހުން ސޯމާލިޔާ ވަނީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައެެވެ. ގަބީލާތަކުގެ މެދުގައި ތަޅާފޮޅުން އަހަރުތަކަކަށް ދެމިގެން ދިޔަ ފަހުން، އައްޝަބާބު ޖަމާއަތުގެ ބާރުގަދަ ކޮށް އެމީހުން އެއް އިރެއްގައި ގައުމުގެ ބޮޑުބަޔަކާއި، ވެރިރަށް މޮގަދިޝޫ ކޮންޓުރޯލުކުރިއެވެ.

2011 ވަނަ އަހަރު އަލްޝަބާބު މޮގަދިޝޫން ބޭރުކޮށްލާފައިވީ ނަމަވެސް އެ ޖަމާއަތުން ދަނީ ދޭތެރެ ދޭތެރެއިން މޮގަދިޝޫއަށް ނުރައްކާތެރި ހަމަލާ ދެމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.