
ކޯވިޑް-19 އަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 89 މީހުންނެވެ. އެއީ 58 ދިވެހިންނާއި 19 ބަނގްލާދޭޝީންނާއި 6 އިންޑިއަނުންނާއި 2 ސްރީލަންކަނުންނާއި 2 އިނގިރޭސިންނާއި އެމެރިކާ މީހަކާއި މިސުރު މީހެކެވެ.
މިހާރު ރާއްޖޭގައި ކޯވިޑް-19 ޖެހި ފަސޭހަ ނުވެ ތިބީ 1996 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 4769 އެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1470 މީހުންނެވެ. ހަސްފަތާލުގައި ބައިތިއްބައިގެން ފަރުވާ ދެނީ 129 މީހުންނަށެވެ.