
މިއަދު ކޯވިޑް-19އަށް ޕޮޒިޓިވް ވީ 86 މިހުންނެވެ. އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މިއީ މިއަދުގެ އިރުއޮއްސި ހަޔެއް ޖެހުމާ ހަމައަށް ޕޮޒިޓިވް ވި މީހުންގެ އަދަދެވެ. ވޭތުވެ ދިޔަ ދުވަސްތަކަށް ބަލާއިރު މިއީ މަދު އަދަދެކެވެ.
ނަމަވެސް މިއަދުވެސް ގިނައިން ބަލިޖެހިފައިވަނީ ދިވެހީންނަށެވެ. އެއީ 56 މީހެކެވެ. ދެން ހިމެނެނީ ބަނގްލަދޭޝްގެ 27 މީހަކައި ސްރީ ލަންކާ މީހަކާއި އިންޑިއާ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
މިއަދު ޕޮޒިޓިވް ވި 86 މީހުންގެ ތެރެއިން 85 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ. އަތޮޅުތެރެއިން ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެކެވެ.
މިއަދު ޕޮޒިޓވް ވި މީހުންނާއެކު މިހާތަނަސް ބަލިޖެހިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 4680 އެކެވެ.