
ރާއްޖެއިން މިއަދު ކޯވިޑަށް ޕޮޒިޓިވް ވެފައި ވަނީ 148 މީހުންނެވެ. މީގެ ތެރެއިން 117 މީހުންނަކީ ދިވެހިންނެވެ. ދެން ތިބީ 22 ބަނގްލާދޭޝީންނާއި 7 އިންޑިއަނުންނާއި ނޭޕާލު މީހަކާއި ސެސެލު މީހެކެވެ.
މި އަދަދާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދަކީ 4594 އެވެ. މީގެ ތެރެއިން މި ވަގުތު ބަލީގައި ދެމިތިބީ 1869 މީހުންނެވެ. މީގެ ތެރޭގައި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި 1282 މީހުންނާއި ހަސްފަތާލުގައި ފަރުވާ ދެމުން ގެންދާ 110 މީހުން ހިމެނެއެވެ.
ކޯވިޑް-19 ގައި މިހައިތަނަށް މަރުވެފައި ވަނީ 19 މީހުންނެވެ.