ކޯވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 129 މީހުން

ކޯވިޑް-19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 129 މީހުންނެވެ. އެއީ 93 ދިވެހިންނާއި ބަނގްލާދޭޝްގެ 23 މީހުންނާއި އިންޑިއާގެ 8 މީހުންނާއި ސްރީ ލަންކާގެ 4 މީހުންނާއި އިންޑޮނޭޝިއާގެ މީހެކެވެ. މިއަދު ޕޮޒިޓިވްވީ 129 މީހުންގެ ތެރެއިން 2 މީހުންނަކީ އަތޮޅުތަކުން ޕޮޒިޓިވްވީ ދެމީހުންނެވެ.

މިހާރުގެ ޖުމުލަ އަދަދުތަކަށް ބަލާއިރު މިހައިތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ 4293 މީހުންނެވެ. އޭގެ ތެރެއިން މި ވަގުތު ބަލި ޖެހިފައި ތިބީ 1490 މީހުންނެވެ. ބަލި ޖެހިފައި ފަސޭހަނުވެ މީހުންގެ ތެރެއިން 1-013 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. 92 މީހުން ތިބީ ހަސްފަތާލުގައެވެ. ބަލީގައި ރާއްޖެއިން މަރުވީ 18 މީހުންނެވެ.

އަތޮޅުތަކަށް ބަލާއިރު މިހާރު ވަނީ 7 އަތޮޅެއްގެ 13 ރަށަކުން ކޯވިޑް-19 އަށް މީހުން ޕޮޒިޓިވް ވެފައެވެ. އެއީ ހއ. ކެލަޔާއި އިހަވަންދުއާއި، ނ. ސޮނެވާ ޖާނީއާއި، ރ. އިނގުރައިދުއާއި، ބ. އޭދަފުށްޓާއި ހިތާދުއާއި ތުޅަދުއާއި ކަމަދުއާއި ސީސައިޑް ފިނޮޅާއި، ޅ. ކުރެންދުއާއި ހިންނަވަރާއި، ކ. މާފުށްޓާއި، ވ. ފުލިދުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.