މާލެއިން ދެވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން ދެވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ މިއަދު ހެނދުނު ޕޮޒިޓިވްވި މީހާޔާ ކޮންޓެކްޓްވި މީހެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިމީހާ މިހާރު ހުރީ ކަރަންޓީނު ފެސިލިޓީއެއްގައެވެ.

މިއަދު ހެނދުނު ޕޮޒިޓިވްވި މީހާ ދިރިއުޅޭގެ ކަމުގައިވާ މާފަންނު ޖަރީމާގެ މި ވަގުތު ހުރީ ކަރަންޓީނުކޮށްފައެވެ. އޭނާޔާ ކޮންޓެކްޓްވި 11 މީހަކުގެ ސާމްޕްލް ނަގައިފައިވާ ކަމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ ކަމަށް އަދި މި އިއުލާނުކުރީ އެންމެ މީހެކެވެ. އަނެއް 10 މީހުންގެ ނަތީޖާގެ ވާހަކައެއް އެޗްޕީއޭއަކުން އިއުލާނެއް ނުކުރެއެވެ.

މިއީ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ދިވެހި 7 ވަނަ މީހާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.