ކޯވިޑް-19: ބަލި ޖެހޭ މީހުން އާދަޔާ ޚިލާފަށް އިތުރު ވަނީ - މިއަދު 215

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އާދަޔާ ޚިލާފަށް އިތުރުވާން ފަށައިފިއެވެ. މިއަދު ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 215 އެވެ. މީގެ ތެރެއިން 149 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވްވީ ބަނގްލާދޭޝްގެ 54 މީހުންނާއި އިންޑިއާގެ 7 މީހުންނާއި ސްރީލަންކާގެ 2 މީހުންނާއި ނޭޕާލްގެ 2 މީހުންނާއި އިންޑޮނޭޝިއާގެ މީހެކެވެ. މިއަދު ޕިޒިޓިވް ވި މީހުންގެ ތެރެއިން އެކަކު އެއީ މާލެ ނޫން ރަށަކުން ޕޮޒިޓިވް ވެފައިވާ މީހެކެވެ.

މިއަދު ބަލިން ފަސޭހަވީ 30 މީހުންނެވެ.

ބަލީގެ ނުރައްކާތެރިކަން މިހާރު ދަނީ ބޮޑުވަމުންނެވެ. އާއްމުންގެ ތެރޭގައި ފަރުވާ ކުޑަ ކުރުން ބޮޑުވާން ފަށައިފިނަމަ އަތް ނުފޯރާ ފަށަށް ދިއުން އެކަށިގެންވާ ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މިއަދު ޕޮޒިޓިވްވީ އަދަދާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4164 އަށް އަރާފައެވެ. މި ވަގުތު ބަލިން ފަސޭހަ ވެފައިވާ މީހުންގެ އަދަދަކީ 2643 އެވެ.  ބަލީގައި ތިބީ 1489 މީހުންނެވެ. އޭގެ ތެރޭގައި މި ވަގުތު ފެސިލީތަކުގައި ތިބި 921 މީހުންނާއި ހަސްފަތާލުގައި ތިބި 84 މީހުން ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.