ޗެލްސީ ބަލިކުރުމަށް ފަހު އާސެނަލްއިން އެފްއޭކަޕް ހޯދައިފި

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު އިނގިޮރޭސި އެފްއޭ ކަޕް ފައިނަލްގައި 2 ލަނޑު 1 ލަނޑުން ޗެލްސީ ބަލި ކުރުމަށް ފަހު އާސެނަލް ޗެމްޕިއަންކަން ހޯދައިފިއެވެ. މިއީ އާސެނަލް އިން އެފްއޭ ކަޕް ކާމިޔާބު ކުރި ސާދަ ވަނަ ފަހަރެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ފެށުނުތާ އެންމެ ފަސް މިނިޓުގެ ތެރޭގައި ޗެލްސީންނެވެ. މި ލަނޑު ޖެހީ ޕޮލިސިޗެވެ.

އާސެނަލް މޮޅުވީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މި ދެ ލަނޑުވެސް ޖެހީ އައުބަމެޔަންގެވެ. އެއީ 28 ވަނަ މިނިޓުގަޔާއި 67 ވަނަ މިނިޓުގައެވެ. އާސެނަލްގެ ފުރަތަމަ ލަނޑަކީ ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. އެއީ ޗެލްސީގެ ކެޕްޓަން އެޒްޕިލިކުއެޓާ ކުރި ކުށަކަށް ލިބުނު ޕެނަލްޓީއެކެވެ. ފުރަތަމަ ހާފުގައި ވީ އަނިޔާއެއްގެ ސަބަބުން އެޒްޕިލިކުއެޓާ ވަނީ ދަނޑުން ފައިބައިފައެވެ. ފަހު ހާފުގައި އެ ޓީމަށް ލަނޑު ޖަހައިދިން ޕޮލިސިޗަށްވެސް އަނިޔާ ވެގެން ދަނޑުން ބޭލީއެވެ. ޗެލްސީގެ މައްސަލަތައް އިތުރު ވެގެން ދިޔައީ ކޮވެކިޗަށް ރަތް ކާޑު ދައްކައި ދަނޑުން ބޭލުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ދެ ރީނދޫ ކާޑު ހަމަވުމުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުމަށް ބަލާއިރު ރަނގަޅަށް ކުޅުނީވެސް އާސެނަލެވެ. އެކަމަކު ފަހު ހާފުގައި ޗެލްސީން ރަނގަޅަށް ކުޅުނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.