ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކުރަން ސަރުކާރުން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަ ކުރައްވައިފައިވާ ގޮތުގައި ފާއިތުވީ ދެ ހަފުތާގެ ތެރޭގައި ކޯވިޑް ރޯގާ ފެތުރުން ގިނަ ވެފައިވާތީ އިތުރު ފުރަބަންދަކަށް ނުގޮސް ފަރުޖެއްސުމުގެ ގޮތުން މި ވަގުތު ނިންމާފައި ވަނީ މާސްކު އެޅުން މަޖުބޫރު ކުރާށެވެ. މި ނިންމުން ނިންމާފައި ވަނީ ނޭޝަނަލް ޓާސްކް ފޯސްއާ ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލު ކުރައްވައި މަޝްވްަރާ ކުރެއްވުމަށް ފަހުގައެވެ.