
ރަށުގެ މުދަލާއި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންދީފައި.
އަދި ފުލުހުން ގެންދަނީ ރަށުގަިއ މަސަައްކަތް ކުރަމުން ދިޔަ ބިދޭސީންގެ މައުލޫމާތު އެއްކުރަމުން.
ބިދޭސީންނާ ކުރެވުނު މަޝްވަރާތަކަށްފަހު ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށް ފުލުހުންނަސް އެއްބާރުލުން ދޭން އެމީހުން އެއްބަސްވެ، މިހާރު އަމަލުކުރަމުން ދަނީ ފުލހުންގެ އިރުޝަދާއި އެއްގޮތަށް. އެއްވެސް ބަޔަކު ފިލާފައެއް ނުވޭ.
ފުލުހުން ދަނީ މީހުން ތިބި ތަންތަނާއި ރަށުގެ އެކި ތަންތަން ބަލައި ފާސްކުރަމުން.
ފުލުހުންގެ ސީން އޮފް ކްރައިމް އޮފިސަރުންގެ ޓީމަކާއި ތަހުގީގު ޓީމުތައް ދަނި ރަށުތެރޭގައި ހަރަކާތްތެރިވަމުން. ތަހުގީގު ޓީމުތަކުގެ ތެރޭގައި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުގެ ޓީމަކާއި ސީރިއަސް އޯގަަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޓީމެއް ހިމެނޭ.
ރަށަށް އެރުމަށް ފުލުހުން ވަމުން ދިޔަ ތައްޔާރީތަކުގެ ތެރެއިން
މައްސަލަ ހައްލުކުރުމަށް ސުލްހަވެރިކަމާއެކު ދަނީ މަޝްވަރާ ކުރެވެމުން.
މިހާތަނަށް، ރަހީނުކޮށްފައި ތިބި 11 ދިވެއްސަކު ސަލާމަތްކޮށްފި. ހިފަހައްޓާފައި ތިބީ ވެސް މުޅިއެކު 11 ދިވެހީން.
ފުލުހުން މިހާރު ދަނީ ރަށުގައި ހަރަކާތްތެރިވަމުން. އެއްވެސް ހަމަނުޖެހުމެއް މިހާޜު ނުހިނގާ ކަމަށް މައުލޫމަތު ދެއްވާ.