ފޭސް މާސްކުގައި ސްކޫލުތަކުގެ ބެޖް ޖަހައިގެން ވިއްކުންމަނާކޮށްފި

ފޭސް މާސްކުގައި ސްކޫލުތަކުގެ ބެޖް ޖަހައިގެން ވިއްކުން އެޑިއުކޭޝަން މިނިސްޓްރީން މަނާކޮށްފިއެވެ. މިކަމާ ގުޅިގެން އެމިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސްކޫލު ޔުނިފޯމްގައި ބޭނުން ކުރުމަށް ފަރުމާކޮށްފައިވާ ބެޖްތައް  އެހެން އެއްވެސް ކަމެއްގައި ބޭނުން ކުރަންވާނީ އެމިނިސްޓްރީގެ ހުއްދަލިބިގެން ކަމަށެވެ. ނަމަވެސް އެމިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ބައެއް ފަރާތްތަކުން މިހާރަކަށް އައިސް ވިޔަފާރީގެ ބޭނުމުގަޔާއި އެނޫން ކަންކަމުގައި ވެސް ބޭނުން ކުރަމުން އަންނަކަން ފާހަގަ ކުރެއްވޭ ކަމަށެވެ.

ވަކިން ޚާއްޞަ ކޮށް ކޮވިޑް- 19 ގެ ޙާލަތުގައި ސްކޫލުތައް އަލުން ހުޅުވާލުމުން ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު  ބޭނުން ކުރުމަށް ބައެއް ފަރާތްތަކުން ވިއްކަމުން އަންނަ ފޭސްމާސްކްތަކުގައި ބައެއް ސްކޫލުތަކުގެ ބެޖް ޖަހައިގެން ވިއްކަމުން އަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ބޭނުން ކުރަމުން އަނަން ބެޖްތަކަކީ އެޑިޔުކޭޝަންގެ މިނިސްޓްރީގެ ފިކުރީ މުދަލެއްކަން ވެސް ނޫސް ބަޔާނުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.