އެސްޑީއެފްސީ މެދުވެރިކޮށް 640 ފަރާތަކަށް އެހީދޭން ނިންމައިފި

އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދޭ ރިލީފް ޕެކޭކުން 640 ފަރާތަކަށް އެހިދޭން ނިންމަވައިފިވެ. މި ޕެކޭޖަކީ ވިޔަފާރިއާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުސަތެއް ކަމަށް ފައިނޭންސް މިނިސްޓަރ އިބްރާހީމް އަމީރް ވިދާޅުވިއެވެ.

މި ފުރުސަތަށް އެދުނު ފަރާތްތަކުގެ ތެރެއިން 640 ފަރާތަކަށް އެހީ ދޭން ނިންމަވައި، އޭގެ ތެރެއިން 241 ފަރާތަކަށް މިހާރު 22.3 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މިނިސްޓަރ އަމީރް ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ އަމިއްލަ މަސައްކަތްކުރާ 48 ފަރާތަކާއި އަދި ވިޔަފާރިކުރާ 193 ފަރާތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި އެސްޑީއެފްސީގެ ލޯނުތައް ބެހިފައިވަނީ ދަނޑުވެރިކަން ވިޔަފާރި، އިމާރާތްކުރުން މަސްވެރިކަން، ޓޫއަރިޒަމް، ދަތުރުފަތުރު، އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ކަމަށެވެ. މިއިން ކޮންމެ ގިންތިއަކުން ލޯނުދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދަނޑުވެރިކަމަށް 7 ފަރާތްތަކުން އެދިފައިވާއިރު އޭގެ ތެރެއިން ތިން ފަރާތަކަށް ލޯނު ދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވިޔަފާރި ލޯނަށް އެދުނު 548 ފަރާތެއްގެ ތެރެއްިން 257 ފަރާތަކަށް ޖުމުލަ 63.3 މިލިއަން ރުފިޔާގެ ލޯނު އެހީދޭން ވަނީ ނިންމާފައެވެ. އިމާރާތްކުރުމުގެ ދާއިރާއިން ލޯނަށް އެދުނު 134 ފަރާތެއްގެ ތެރެއިން 50 ފަރާތަކަށޤ 15.3 މިލިއަން ރުފިޔާގެ ލޯނު އެހީދީފައިވެއެެވެ. މަސްވެރިކަމުގެ ލޯނަށް އެދުނު 21 ފަރާތުގެ ތެރެއިން 6 ފަރާތަކަށް 1.2 މިލިއަން ރުފިޔާގެ އެހީ ދީފައިވާ އިރު ޓުއަރިޒަމް ދާއިރާއިން 31 ފަރާތަކަށް 8.1 މިލިއަން ރުފިޔާގެ ލޯނު އެހީ ދީފައިވެއެވެ. މީގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއިން 97 ފަރާތަކަށް 25.2 މިލިއަން ރުފިޔާ އަދި އަމިއްލަ މަސައްކަތްކުރާ 171 ފަރާތަކަށް 4.5 މިލިއަން ރުފިޔާގެ ލޯނު އެހީ ދީފައިވާ ކަމަށް މިނިސްޓަރ އަމީރް ވިދާޅުވިއެެވެ.

މީގެ އިތުރުން އަންހެނުންނާ ޚާއްސަކޮށްފައިވާ ބަޔަށް އެދުނު 217 ފަރާތުގެ ތެރެއިން 84 ފަރާތަކަށް 14.3 މިލިއަން ރުފިޔާގެ ލޯނު އެހީދޭން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ވިޔަފާރިކުރުމަށް 51 ފަރާތަކަށް ދެވުނު 13.7 މިލިއަނާއި އަމިއްލަ މަސައްކަތްކުރާ 33 ފަރާތަކަށް ލޯނުގެ ގޮތުގައި 7 ލައްކަ ރުފިޔާގެ ލޯނު އެހީއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.