
ބޭނުންވާނެ ބާވަތްތައް:
9 އިންޗީގެ ޕައި ފުށްގަނޑެއް
4 ކުކުޅު ބިސް
ބޮޑު ލުނބޮއެއއްގެ ހުތާއި ތޮށި
އޮރެންޖެއްގެ ހުތް، އަދި ތޮށި
¾ ޖޯޑު ހަކުރު
2/3 ޖޯޑު ހެވީ ކްރީމް
¼ ސައިސަމުސާ ލޮނު
ތައްޔާރުކުރާނެ ގޮތް:
350 ޑިގްރީއަށް އަވަން ހޫނުކުރަން ޖެއްސުމަށްފަހު ޓްރޭއެއްގައި ބަޓަރުކޮޅެއް ހާކާފައި ޕައި ފުށްގަނޑު ޓްރޭގައި ބާއްވާށެވެ. ދެން އަވަނުގައި ފަނަރަ މިނެޓު ފިހާށެވެ.
ފިލިން ތައްޔާރުކުރުމަށްޓަކައި ކަސްޓަޑަށް ބޭނުންވާ ހުރިޙާ ބާވަތްތައް ގިރާށެވެ. ދެން އަވަނުުން ޕައި ކްރަސްޓު ނެގުމަށް ފަހު އޭގެ ތެރެއަށް ކަސްޓަޑް އޮއްސާލާށެވެ.
ދެން އަަވަނުގެ ހޫނުމިން 300 ޑިގްރީއަށް މަޑުކުރުމަށްފަހު އިތުރު 45 މިނެޓު ފިހާށެވެ.
ކާން ނެގުމުގެ ކުރިން 1 ގަޑިއިރު ހިހޫކުރަން ބަހައްޓަންވާނެއެވެ.