އިތުރު ދިހަ މީހަކު ޕޮޒިޓިވްވެ މިއަދު ބަލިޖެހުނު މީހުންގެ އަދަދު 23 އަށް އަރައިފި

އިތުރު ދިހަ މީހަކު ކޯވިޑަށް ޕޮޒިޓިވްވެ މިއަދު ބަލިޖެހުނު މީހުންގެ އަދަދު 23 އަށް އަރައިފިއެވެ. އެޗްޕީއޭ އިން މިރޭ ކުރި ޓުވީޓެއްގައި ބުނި ގޮތުގައި މޭ މަހުގެ 1ވަނަ ދުވަހުގެ ރޭ 11:50 އާ ހަމައަށް އިތުރު ދިހަ މީހަކަށް ވަނީ ކޯވިޑް ޖެހިފައެވެ. އެއީ ދިވެހި ފަސް މީހަކާއި، ބަނގްލަދޭޝްގެ ތިން މީހަކާއި، އިންޑިއާގެ ދެ މީހެކެވެ. މި އާއެކު މާލެއިން ޕޮޒިޓިވް ވި މީހުންގެ ޖުމުލައަކީ 491 އެވެ. 

މިރޭގެ ނުވައެއް ޖެހުމާ ހަމަށް ޕޮޒިޓިވް ވެފައިވަނީ 13 މީހެކެވެ. އެއީ 7 ދިވެއްސަކާއި ބަނގްލަދޭޝްގެ 6 މީހެކެވެ.  

މާލެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 119 އެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.