
ކޯވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 35ވަނަ މީހާއެވެ.
އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި މިއަދު އުމުރުން 56 އަހަރުގެ އަންހެނެކެވެ. އޭނާ ނިޔާވީ މިއަދު މެންދުރު 2:20ގައި ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. މި މީހާއަށް ފަރުވާ ދެމުންދިޔައި ޑީއެޗް-11 ގައެވެ.