
ބޭނުންވާނެ ބާވަތްތައް:
4 ބިހުގެ ގޮބޮޅި
1/3 ޖޯޑު ހަކުރު
1/3 ޖޯޑު ޒުވާރި ފުށް
2 ޖޯޑު ކިރު
2 ސައިސަމުސާ ވެނީލާ
1 މޭޒުމަތީ ސަމުސާ ބަޓަރު
200 ގުރާމު ޗޮކްލެޓު
1 ޖޯޑު ކިރު
ތައްޔާރުކުރާނެ ގޮތް:
ޕޭސްޓްރީ ތައްޔާރުކުރުމަށްޓަކައި ގޮބޮޅި އާއި ހަކުރު ކްރީމަށް ވަންދެން އެއްކުރާށެވެ. އެއަށްފަހު ކިރު ހޫނުކުރުމަށްފަހު މިކްސްޗަރުގެ ތެރެއަށް އެއްކުރާށެވެ. ދެން ޒުވާރި ފުށް ކޮޅު އަޅައި ރަނގަޅަށް ގިރުމަށްފަހު އެސެންސު އަޅާށެވެ.
އެއަށްފަހު ޕައިޕިން ބޭގަކަށް އަޅައި 2 އިންޗި ބައި ހުންނަ ވަރަށް ދިގުކޮށް ޓްރޭގައި އަށް އިކްލެއަރސް ޕައިޕުކުރުމަށްފަހު އަވަނުގައި ފިހޭށެވެ.
ޗޮކްލެޓު ތައްޔާރުކުރުމަށްޓަކައި ޗޮކްލެޓު ފުނޑުކޮށްފައި ކިރާއި އެއްކޮށް ރަނގަޅަށް ގިރާށެވެ. ދެން އޭގެ ތެރެއަށް އިކްލެއަރސް ކޮއްޕާލުމަށްފަހު ތަށްޓެއްގައި އަތުރާލާށެވެ.