ޖެންޑަރ މިނިސްޓްރީއަށް ޕާމަނަންޓް ސެކެޓްރީގެ މަގާމަށް ޒައުފިޝާން އައްޔަންކުރައްވައިފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޟައުފިޝާން ޢަބްދުﷲ ކަމާލުއްދީން މިއަދު އައްޔަންކުރައްވައިފިއެވެ.

ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޟައުފިޝާން އައްޔަންކުރެއްވީ މިއަދު ހެނދުނު މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ޟައުފިޝާން ވަނީ 2002ވަނަ އަހަރުން ފެށިގެން 2020ވަނަ އަހަރާ ހަމައަށް ޞިއްޙީ ދާއިރާގެ އެކި މަޤާމުތައް އަދާކުރައްވައިފައެވެ. އެ ގޮތުން އެންމެ ފަހުން ހުންނެވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ޑިރެކްޓަރ ކަމުގެ މަޤާމުގައެވެ. އަދި އެ މުއްދަތުގައި، 2016ން ފެށިގެން ޒިންމާދަރު އިސްވެރިޔާގެ މަޤާމު ވެސް އަދާކޮށްފައިވެއެވެ.

ޟައުފިޝާން 2000ވަނަ އަހަރު ޑިޕްލޮމާ އިން ނަރސިންގ، 2002ވަނަ އަހަރު ބެޗްލަރ އޮފް ނަރސިންގ އަދި 2006ވަނަ އަހަރު މާސްޓަރ އޮފް ހެލްތު ސަރވިސަސް މެނޭޖްމަންޓް ހާސިލުކުރައްވައިފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.