ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވީ ނަމަވެސް މަސްވެރީންނަށް މަހަށް ފުރޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައިވީ ނަމަވެސް ދޯނިފަހަރުގައި މަހަށް ފުރުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމަވާފައެވެ. އެހެން ނަމަވެސް މި ހާލާތުގައި މަސްކިރުވުމަށް ބަނދަރުކުރާ ރަށްރަށަށް ނުފޭބުމަށާއި ދަތުރު ނިންމާލުމަށްފަހު އެ ދޯނިފަހަރު ނިސްބަތްވާ ރަށްރަށަށް ދިއުން ލާޒިމުކޮށްފައިވެއެވެ.
މިޙާލަތުގައި މަސްދޯނިފަހަރު މަސް ކިރުވުމަށް ބަނދަރުކުރާ ރަށަށް މަސްވެރިން ނުފޭބުމަކީ ލާޒިމުކަމެއް. އަދި އެއުޅަނދެއް ނިސްބަތްވާ ރަށަށް މަސް ދަތުރު ނިންމުމަށްފަހު ދަތުރުކުރުމަކީ ލާޒިމުކަމެއް. 2/3
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) April 17, 2020
މަހަށް ފުރުމަށް ހަމަޖައްސާފައިވާ އިންތިޒާމާއި ތަފްސީލު އެޗްޕީއޭ އާއި ކަމާގުޅޭ އިދާރާތަކުން ހާމަކުރަމުން ގެންދާނެއެވެ. އެ އިރުޝާދުތަކަށް ތަބާވުމަށް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.