ކޮވިޑް-19: ޑިޖީގެ އަމުރާ ޚިލާފަށް ރިސޯޓަކުން ފޭބި 5 މީހަކު ބަންދުކޮށްފި

ކުއްލި ނުރައްކަލުގެ ޙާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ ޚިލާފަށް ރިސޯޓަކުން ފޭބި ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ފަސް މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓްއަމުރެއްގެ ދަށުން އެޕްރީލް 6 ވަނަ ދުވަހުގެރޭ  11:50 ހާއިރުއެވެ. ހައްޔަރު ކޮށްފައިވާ ފަސް މީހުންނަކީ ޔޫއެންމީ ބައި ކޮކޫން ރިސޯޓުން ރ. އަލިފުށްޓަށް ދިޔަ ފަސްމީހުންނެވެ. އެމައްސަލަ ފުލުހުން ދަނީ ތަޙްޤީޤް ކުރަމުންނެވެ. ކުރިންވެސް ވަނީ ޑިޖީގެ އަމުރާ ޚިލާފަށް ރިސޯޓްތަކުން ފޭބި މީހުން ހައްޔަރުކޮށްފައެވެ.

ޑިޖީ ކޮށްފައިވާ އަމުރާ ގުޅިގެން މިހާރު ރިސޯޓްތަކާއި ސަފާރީތަކުން މުވައްޒަފުނަށް ފޭބޭނީ އެންމެ ފަހު ފަތުރުވެރިޔާ ރިސޯޓުން ނުވަތަ ސަފާރީން ފައިބާތާ ދެ ހަފަތާ ފަހުންންވެ. އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ 14 ދުވަސް ވުމުން 4 ރިސޯޓަކުންނާއި 19 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ އެޗްޕީއޭ އިން ވޭތުވެ ދިޔަ ދެދުވަސް ތެރޭގައި ވަނީ ދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.