ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އިމަރޖެންސީ ޙާލަތުގައި ފަރުވާދެވޭނެ އިންތިޒާމް ހަމަޖައްސަނީ

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އިމަރޖެންސީ ޙާލަތުގައި ފަރުވާދެވޭނެ އިންތިޒާމް ހަމަޖައްސުމަށް މެޑިކަލް ފެސިލިޓީ ޤާއިމް ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެން ސޯޝަލް ސާރވިސަސް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނެޝެނަލް އިމާރޖެންސީ އޮޕަރޭޝަން ސެންޓަރގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރ ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ހެއްދެވި ކޮންޓިންޖެންސީ ޕްލޭންގައި އެމިނިސްރީންވެސް ހިމެނޭކަމަށެވެ. އެމިނިސްޓްރީން ހެދި ކޮންޓިންޖެންސީ ޕްލޭންގައި އިންސްޓިޓިއުޝަންތަކަށް ވެސް ކޮންޓިންޖެންސީ ޕްލޭނެއް ހެދިފައިވާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"ކޮންޓިންޖެންސީ ޕްލޭންތައް ޙިއްޞާކުރެވި، ޢަމަލުކުރާނެ ގޮތް، މިސާލަކަށް ކަމެއް ދިމާވެއްޖެ ހިނދެއްގައި ޚިދުމަތަށް ނުކުންނާނީ ކޮންބައެއްކަމާ، އެތަންތަނުގައި ކުދިންނާއި އަދި މީހުންނާއެކު ދިރިއުޅޭނީ ކޮންބައެއް ކަމާ، ފުޑް ސެކިއުރިޓީ އެތަންތަނަށް ސެކިޔޯ ކިރާނީ ކިހިނެއް ކަމާއި މީހުން ތަމްރީނުކުރުމާއި މިހެން ގޮސް ވަރަށް ތަފްޞީލް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު"  ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ކޮންމެ މަރުކަޒެއްގައި ވެސް އެއް މަސް ދުވަހަށް ވާ ވަރަށް ކާބޯތަކެއްޗާއި އެނޫންވެސް ބޭނުންވާ ތަކެތި ގަނެ ރައްކާ ކޮށްފައިވާކަމަށް ވެސް މިނިސްޓަރ ފާހަގަ ކިރެއްވިއެވެ. އަދި އައިސޮލެސަން ކޮޓަރި ޤާއިމް ކުރައްވައިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކުޑަކުދިންގެ ހިޔާގައި އައިސޮލޭޝަން ދެ ކޮޓަރި އަދި ފިޔަވަތީގައި އައިސޮލޭޝަން ތިން ކޮޓަރި ހުންނާނެކަމަށް ވިދާޅުވިއެވެ. އައިސޮލޭޝަން ކޮޓަރި ޤާއިމްކޮށްފައި ވަނީ ކުދިންގެ ނިސްބަތަށް ބަލާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ވެސް އައިސޮލޭޝަން ދެ ކޮޓަރިޤާއިމް ކުރެއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅިވިއެވެ. އޭގެ އިތުރުން އެމަޖެންސީ ހާލަތްތަކުގައި އެ މަރުކަޒުގައި ފަރުވާދިނުމަށް ބޭނުންވާނެ މެޑިކަލް ފެސިލިޓީ ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އެތަނުގައި ވެންޓިލޭޓަރު ބެހެއްޓުން ވެސް ކުރިއަށްގެންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ މަރުކަރުތަކުގައި ތިބި މީހުންނާއި ކުދިންގެ ޢަދަދަށް ބަލާއިރު ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބީ 104 މީހުންނެވެ. ކުޑަކުދިން ހިޔާގައި ތިބީ ޢުމުރުން 14 އަހަރާއި 18 އަހަރާ ދެމ 52 ކުދިންންނެވެ، ފިޔަވަތީގައި ތިބީ ޢުމުރުން 12 އަހަރުން ދަށުގެ 120 ކުދިންނެވެ. އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ އަމާން ހިޔާތަކުގައި 19 ކުދިންނެވެ. ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހިއްމަފުށީ މަރުކަރުގައި ތިބީ ފަރުވާ ހޯދަމުންދާ 126 މީހުންނެވެ. އެންޑީއޭގެ ކޮމިޔުނިޓީ ފަރުވާގައި ތިބީ 391 މީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.