
މާފަންނު ގެއަކުން ގެއްލިގެން ހޯދި މީހަކު އެގޭގެ ވައިގޮޅީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ އިރާދާއިން މަޢުލޫމާތު ދެއްވި ގޮތުގައި މަރުވި މީހާ ވައިގޮޅިތެރެއަށް ވެއްޓިފައި އޮއްވާ ފެނުނީ ފުލުހުން އޭނާ ހޯދުމަށް ކުރި މަސައްކަތުން މިރޭ 10:36 ހާއިރުއެވެ. އެ މީހާ ގެއްލިގެން އުޅޭކަން ފުލުހުންނަށް ރިޕޯރޓްކޮށްފައި ވަނީ ވެސް އެޕްރީލް 6 ވަނަ ދުވަހުގެރޭ 10:17 ހާއިރުއެވެ. މަރުވި މީހާއަކީ ޢުމުރުން 37 އަހަރުގެ ފިރިހެނެކެވެ. އޭނާ ހޮސްޕޮޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރާ ޙަވާލާ ދެއްވާ ފުލުހުން މަޢުލޫމާތު ދެއްވިއެވެ. މަރުވި މީހާ ގެއްލިގެން އުޅުނީ މިއަދު ހެނދުނުން ފެށިގެން ކަމަށްވެސް ފުލުހުންނަށް ވަނީ ރިޕޯރޓް ކޮށްފައެވެ.
އެހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ވެސް އެ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ.