ފަރުކޮޅުފުށި ތަރައްޤީކުރުމުގެ ދެފިޔަވަށްސަށް 5.9 މިލިއަން ރުފިޔާ ޚަރަދުވި – މަބްރޫކް

ވަޞީލަތަކާއެކު ފަރުކޮޅުފުށި ތަރައްޤީކުރުމުގެ ދެފިޔަވަށްސަށް 5.9 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކޮވިޑް 19 އާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ސަރުކާރުން ކަނޑައަޅުއްވައިފައިވާ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅިގެން ފުރަތަމަ ކަރަންޓީން ފެސިލިޓީޢެއްގެ ގޮތުގައި ބޭނުންކުރި މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއްގެ ގޮތުގައި އޮތް ފަރުކޮޅުފުށްޓެވެ. ނަމަވެސް މައްސަލަތަކެއް ހުރުމުން  ފަހުން ވަނީ މަރާމާތަށް އެރަށް ބަނދުކޮށްފައެވެ. އަލުން ފަރުކޮޅުފުށި ތަރައްޤީ ކޮށް ވަނީ 50 އެނދަށް އިތުރުކޮށްފައެވެ. ފުރަތަމަ އެތަނުގައި ހުރީ 30 އެނދެވެ. އެދުގެ ޢަދަދު އިތުރުކޮށް ފަރުކޮޅުފުށި ތަރައްޤީކޮށްފައި ވަނީ އައިސީޔޫ ދެ އެނދާއި ވެންޓިލޭޓަރުގައި ވެސް ފަރުވާ ދެވޭނެ އިންތިޒާމާއެކުގައެވެ.

މިހާރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް ފަރުވާ ދެމުން ގެންދަނީ ވެލިދޫ އައިސޮލޭޝަންގައެވެ. އެމީހުން ފަރިކޮޅުފުށަޓަށް ބަދަލުކުރައްވާނެކަމަށް މަބްރޫކް ވަނީ ވިފާޅުވެފައެވެ.

ފަރުކޮޅުފުށި ދެވަނަ ފިޔަވަހި މަރާމާތު ކޮށްފައިވަނީ ސިފައިންނެވެ. ސިފައިން އެމަސައްކަތް ކޮށްފައިވަނީ ހަތަރު ދުވަސް ތެރޭގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.