
ބާދުޝާހު ނަމަކަށްކިޔާ ބޯޓެއްގެ އިންޖީން ހުއްޓިގެން އެމްއެންޑީއެފް ކޯސްޓްގާޑު ސިފައިން އެބޯޓަށް އެހީތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެބޯޓަކީ ކުޅުދުއްފުށިން ފުރައިގެން މާލެ ދަތުރު ކުރަމުންއައި ބޯޓެއް ކަމަށެވެ. ބޯޓުގެ އިންޖީން ހުއްޓިފައިވަނީ މާލެއަތޮޅު އުތުރުން 4 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ.
ބޯޓުގެ އިންޖީން ހުއްޓިފައިވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 3:15 އެހައިކަންހާއިރު ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.
ބޯޓުގައި 25 މީހުން އެބަތި ކަމަށްވެސް އޭނާ ޢާޒިމް ވަނީ ވިދާޅުވެފައެވެ.ބާދުޝާހު ބޯޓުގައި ތިބި މީހުން މިހާރުވަނީ މާލޭ ގެނެސްފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން އެމީހުން މާލެ ގެނެސްފައިވަނީ މިއަދު 11:00 އެވެ.