
ވިޝަން 14 ނަމަކަށް ކިޔާ ދޯންޏަކުން މަހަށް ގޮސް އުޅެނިކޮށް ޙާލު ބޮޑުވި މީހަކަށް ފަރުވާ ދިނުމަށްޓަކައި މިރޭ މާލެ ގެނެސްފިއެވެ.
އެމީހާ މާލެ ގެނެސްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑު އުޅަނދެއްގައެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ ޙާލު ބޮޑުވެގެން މާލެ ގެނައީ ޢުމުރުން 50 އަހަރުގެ ދިވެއްސެއް ކަމަށެވެ.
އޭނާގެ ޙާލު ބޮޑވީ ކ. ފިހާޅޮހި އައިލެންޑް ރިސޯޓުގެ ހުޅަގުން 7 ނޯކަލް މޭލު ބޭރުގައި އެ ދޯނި މަސްވެރިކަން ކުރަމުންދަނިކޮށްނެއެވެ. އޭނާ މާލެ ގެނެސްފައިވަނީ މިރޭ 10:25 ގައެވެ. އެމީހާގެ ޙާލު ބޮޑުވެގެން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވަނީ މިރޭ 8:22 އެހައިކަންހާއިރު އެވެ. އެމީހާއާ ބެހޭ އިތުރު މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.