ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ. މިއީ އިނގިރޭސި ވިލާތުން ރާއްޖެ އައި މީހެކެވެ.
އެޗްޕީއޭގެ ޓުވީޓެއްގައި ވާ ގޮތުގައި ޕޮޒިޓިވްވީ ކަރަންޓީނު ކުރާ މީހުން ބައިތިއްބާ ރޯޔަލް އައިލެންޑް ރިސޯޓުގައި ހުރި މީހެކެވެ.
މިދިޔަ އާދީއްތ ދުވަހު ޕޮޒިޓިވް ވީ މީހާއަކީވެސް މި ރަށުގައި ހުރި މީހެކެވެ.
މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނީ ތިން މީހެކެވެ. ތިން މީހުންނަކީވެސް ދިވެހިންނެވެ. ރާއްޖޭގައި މުޅި ޖުމުލަ ޕޮޒޮޓިވްވީ މީހުންގެ އަދަދަކީ 18 އެވެ. އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވި ކަން އެނގުނީ އެ ދެމީހުން ރާއްޖެއިން ފުރި ފަހުންނެވެ. އެއީ އިޓަލީ ދެ މީހުންނެވެ. 18 މީހުންގެ ތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. 13 މީހަކު މިހާރު ވަނީ ފަރުވާދެވި ފަސޭހަ ވެފައެވެ.