އުޞޫލުތަކާ ޚިލާފުވެގެން މިއަދު ބަންދުކުރަން ޖެހުނީ ތިންތަން

އިންސްޕެކްޝަންގައި މިއަދު ބަލާ ފާސްކުރި 35 ތަނުގެ ތެރެއިން އުޞޫލުތަކާ ޚިލާފުވެގެން ބަންދުކުރަން ޖެހުނީ ތިންތަން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން ހާމަކުރައްވައިފއެވެ.

މިއަދު ބަންދުކުރި ތިން ތަނުގެ ތެރޭގައި ހިމެނެނީ ދެ ފިހާރައާއި، ސެލޫނެކެވެ.  އިއްޔެގެ އިންސްޕެކްޝަންގައި 99 ތަނެއް ބަލައި ފާސްކޮށް މިންގަނޑުތަކާ ޚިލާފުވެގެން 50 ތަނެއް ވަނީ ބަންދުކޮށްފައެވެ. އޭގެތެރެއިން ބައެއް ތަންތަން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އިޞްލާޙު ކުރުމުން އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދެއްވައިފައެވެ.

މިހާރު ދީފައިވާ ލުއިތަކުގައި އާއްމު ޚިދުމަތްދޭ ތަންތަނުގެ ޚިދުމަތް ދޭން ޖެހޭނެ އުޞޫލުތަކެއް ކަނޑައަޅައި އެޗްޕީއޭއިން ވަނީ އާއްމު ކޮށްފައެވެ. ބަލި ފެތުރޭ މިންވަރު އިތުރު ވަމުންދާތީ އާއްމު ޚިދުމަތްދޭ ތަންނުން އުޞޫލަށް ޢަމަލުކުރޭތޯ ބެއްލެވުމަށް ފަހު އުޞޫލާ ޚިލާފުވާ ތަންތަން ގެންދަނީ ވަގުތުން ބަންދު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.