ކޮވިޑް-19: މާލޭގެ ދެ ގެއެއް މޮނިޓަރ ކުރަން ފަށައިފި

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ބޭރުގެ ފުޓުބޯޅަ ކުޅުންތެރިއަކާ ކޮންޓެކްޓް ވެފައިވާ ބަޔަކު އުޅޭތީ މާލޭގެ ދެ ގެއެއް މޮނިޓަރިން ހާލަތަށް ގެނެސް މޮނިޓަރ ކުރަން ފަށައިފި ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.

މިދެގޭގައި ތިބި މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓްސް ކަމަށްވާތީ އެމީހުންގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތްތައް ނިމެންދެން އެ ދެގެ (އެ ބިލްޑިންތައް) ހުންނާނީ މޮނިޓަރިންގެ ހާލަތުގައި،" މަބްރޫކް ވިދާޅުވިއވެ. އެހެންނަމަވެސް އައީ ކޮންއަވަށެއްގެ ކޮން ދެގެއެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. މީގެ އިތުރަށް ވެސް އިތުރު ބައެއްގެ ސާމްޕަލް ނެގުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެޗުޕީއޭއިން ދަނީ ކުރައްވަމުން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ކުޅުންތެރިޔާއާ ޑައިރެކްޓް ކޮންޓެކްޓްވި ކަމަށް ބައެއް މީހުން އަމިއްލައަށް ވެސް ދަނީ ގުޅާފައި ބުނަމުން ކަމަށެވެ. އެ އެންމެންނަކީ ޓެސްޓް ކުރެވޭނެ މީހުންކަމަށް މަބްރޫކް ވިދާޅވިއެވެ.

އެކުޅުންތެރިޔާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ރާއްޖެއައިސް ރިސޯޓެއްގައި ހުރެފައި އެނބުރި ޗައިނާއަށް ދިޔަފަހުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.