ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ހުއްޓާލަން އަންގައިފި

މާލެއާއި ހުޅުމާލެއާއި، ވިލިމާލޭގައި ހިންގާ ކެފޭތަކާއި ހޮޓާތަކާއި، ރެސްޓޯރެންޓުން ދެމުން ގެންދާ ޚިދުމަތްތަކުގެ ތެރެއިން ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ހުއްޓާލަން އެޗުޕީއޭއިން އަންގަވައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ގެ މި އެންގެވުމަށް ޢަމަކުރަން ޖެހެނީ މާދަމަރޭގެ 12:00 އިން ފެށިގެންނެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލި ހެލްތު ވަކި އެއްޗެއް އަންގަންދެން މާދަމާރޭގެ ބާރައިން ފެށިގެން މިކަން މިގޮތަށް ކުރުމަށް އެޗުޕީއޭއިން ވަނީ ވިދާޅުވެފައެވެ.

މިއި ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލްކޮށް އާއްމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރި ކަމަށްޓަކައި އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހި ކުރުމުގެ ގޮތުން އެޅުއްވި ފިޔަވަޅެކެވެ. މިމަހު 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފައެވެ.

މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާ އެއްގޮތަށް އެންމެން ވެސް އަމަލު ކުރުމަށް ޑީޖީ ވަނީ އަންގަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.