
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނާއިބު ރައީސަކަށް ކުރިން ވެސް އަމަގާމުގައި ހުންނެވި އެކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް އައްޔަން ކުރައްވައިފިއެވެ.
އޭނާ އެމަގާމަށް އައްޔަން ކުރެއްވީ ކޮމިޝަން މެމްބަރުންގެ އިއްތިފާގުންނެވެ. އޭނާގެ ދައުރު ހަމަވުމުގެ ކުރިން އެމަގާމަށް އޭނާ އިންތިޚާބުވީ ކޮމިޝަންގެ މެމްބަރ ފުވާދު ތައުފީގާ ވާދަކޮށްގެންނެވެ. އެހެންނަމަވެސް މިފަހަރު އޭނާއާ އެއްވެސް މަމްބަރަކު ވާދައެއް ނުކުރެއެވެ.
އަކުރަމަކީ އެކޮޝަންގެ ސްޕޯކްސް ޕާސަންގެ މަގާމުވެސް ވަރަށް ފުރިހަމައަށް އަދާ ކުރައްވަމުން ގެންދެވި ނޫސްވެރިންނާ ގުޅިވަޑައިގެން މަސައްކަތް ކުރައްމުން ގެންދެވި ބޭފުޅެކެވެ.
އީސީއާ އަކުރަމް ގުޅިވަޑައިގެންނެވީ 2015 ވަނަ އަހަރުއެވެ. އެކޮމިޝަންގެ އޭނާގެ ދައުރު ހަމަވުމުން ރައްޔިތުންގެ މަޖިލީހުންވަނީ ދެވަނަ ދައުރަކަށް އެކޮމިޝަނުގައި އޭނާ ބެހެއްޓެވުމަށް ރުހުން ދެއްވައިފައެވެ. އެއާއެކު ދެވަނަ ދައުރުގެ ހުވައި އޭނާކުރެއްވީ މިއަދުއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭނާއަށް ހުވައިލައިދެއްވީ ސްޕްރީމްކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. އީސީގެ މެމްބަރު ކަމުގެ ހުވައި އޭނާ ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ކުރިފުޅުމަތީގައެވެ.