ރާއްޖޭގެ އެކި ޕޯޓުތަކުން މިހާތަނަށް ދެލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ސްކްރީން ކޮށްފި

ރާއްޖޭގެ އެކި ޕޯޓުތަކުން މިހާތަނަށްވަނީ ދުއިސަތައް ސާޅީސްހާސް އަށްސަތޭކަ ތޭވީސް މީހަކު ކޮވިޑް-19 އަށް ސްކްރީން ކޮށްފައި ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް މިރޭ ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ މިރޭ ވިދާޅުވީ އޭގެ ތެރެއިން 106 މީހަކުވަނީ ރާއްޖެއަށް ނުވައްދައި އަނބުރާ ފޮނުވާލެވިފައި ކަމަށެވެ.

އޭނާ ވަނީ ރާއްޖޭގައި މިހާރު ބަލަމުންދާ ބައެއް ކޭސްތަކާ ބެހޭ މައުލޫމާތު ވެސް މިރޭ ހިއްސާ ކޮށްފައެވެ. މަބްރޫކް ވިދާޅުވީ އީކުއޭޓަރ ސަފާރީ ނެގުނު ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށާއިއެހެން ނަމަވެސް 14 ދުވަހުގެ މުއްދަތަކަށް ސަފާރީ ވަނީކަރަންޓީން ކުރެވފައި  ކަމަށް ވިދާޅުވިއެވެ. ބޮޑުފުޅަދޫ ހޮލިޑޭ ވިލްޖު އަދިވެސް އޮތީ މޮނިޓަރިންގައި ކަމަށާއި، މިހާރު ކުރިއަށްދަނީ ކޮންޓެކްޓްޓްރޭސިން މަސައްކަތް ކަމަށް ވިދާޅުވިއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ކޮންޓެކްޓްޓްރޭސިން މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރެއިން 58 މީހުން އައިސޮލޭޓް ކުރެވިފައެވެ. ރަށުގެ ބާކީބައި އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަވަލް ބްލަންކް ރަންދެލިން ނެގި ސާޕްޕަމް ނަތީޖާ ނެގެޓިވް 37 ފަރާތެއް އައިސޮލޭޓުކޮށް، ރަށްވަނީ އާއްމު ހާލަތަށް ގެނެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.