
ރިސޯޓުތަކުގައި ހިންގާ ސްޕާތައް ފިޔަވައި އެހެން ސްޕާތައް ބަންދު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭއިން) އަންގައިފިއެވެ.
މިއެންގުން އަންގާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކްހެލްތަށް އާއްމު ސިއްހަތާ ބެހޭ ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން އޭނާއެވެ. މި އެންގެވުމުގެ ދަށުން މިރޭ ބާރައިން ފެށިގެން އެޗުޕީއޭއިން ވަކި އެއްޗެއް އަންގަންދެން ރިސޯޓުތަކުގައި ހިންގާ ސްޕާތައް ފިޔަވައި އެހެން ހުރިހާ ސްޕާތަކެއް ބަންދު ކުރަންޖެނޭހެނެއެވެ. ބަންދުކުރަން ޖެހޭ ސްޕާތަކުގެ ތެރޭގައި ސެލޫންތަކުގައި ހިންގާ ސްޕާތައް ވެސް ހިމެނެއެވެ.
މިއެންގުން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ ހުރިހާ ފަރާތްތަކަށް ވެސް ޑިރެކްޓަރޖެނެރަލް އޮފް ޕަބްލިކް ހެލްތުވަނީ އަންގަވައިފައެވެ. މިއާ ގުޅިގެން ސަރުކާރުން ދެއްވާ އިރުޝާދުތަކަށް ކިޔަމަންވެ އެއަށް އަމަލު ކުރުމަށް ވެސް ޑީޖީ ވަނީ އަންގަވައިފައެވެ.