ކިޔަވައިދޭ ތަންތަން އިތުރު ހަފްތާއަކަށް ބަންދު ކޮށްފި

ރާއްޖޭގައި ކިޔަވައިދޭ ތަންތަން މާދަމާއިން ފެށިގެން އިތުރު ހަފްތާއަކަށް ބަން ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.

އެގޮތުން ސްކޫލަތަކާއިމ ތައުލީމްދޭ މަރުކަޒުތަކާއި، ޔުނިވަރުސުޓީ ތަކއި ކޮލެޖުތަކާއި، ތަމްރީންދޭ މަރުކަޒުތަކާއި، ޓިޔުޝަން ސެންޓަރު ތަކާއި އެހެނިހެން ގޮތޮތް ގޮތުން ހިންގާ ޓިޔުޝަން ކުލާސްތަކާއި ޤުރުއާން ކުލާސްތަކާއި އެހެނިހެން ތަޢުލީމް ދޭ ތަންތަން ވެސް ބަންދު ކުރުމަށް އަންގަވައިފައެވެ.

އިތުރު ހަފްތާއަކަށް މިތަންތަން ބަންދު ކުރަން ނިންމެވީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވައި ނުރައްކާތެރި އެބަލީން އެންމެން ސަލާމަތް ކުރުމަށްޓަކައި ރައްކާތެރި ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.

ރާއްޖޭގައި ތަޢުލީމުދޭ ތަންތަން ބަންދުކުރުމަށް މީގެ ކުރިން ދެފަހަރު ވަނީ އެންގިފައެވެ. މިދުވަސްވަރަކީ ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ރާއްޖޭގައި އިއުލާން ކުރައްވާފައިވާ ދުވަސްވަރެކެވެ. އެހެން ކަމުން އެޗުޕީއޭގެ އިރުޝާދުތަކަށް އެންމެ ބޯލެނބުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.