މަޖިލިސް މެމްބަރުންގެ މުސާރައިން 20 ޕަސެންޓު އުނިކުރަނީ

މަޖިލީސް މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނިކުރުމަށް އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން މާލިއްޔަތު ކޮމެޓިއަށް ހުށަހެޅުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވައިފައި ވަނީ އެމްޑިޕީ ޕީޖީ ލީޑަރ، މެދު ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ކުރެއްވި ޓްވީޓެއްގައެވެ. ޢާޒިމް ވިދާޅުވީ މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނިކުރުމަށް މަޖިލީހުގެ ރައީސް މެދުވެރި ކުރައްވައި މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުމަށް މިއަދު އެދިވަޑައިގެންފައިވާ ކަމަށެވެ.

މަޖިލީސް މެމްބަރުންނަށް މުސާރައިގެ ގޮތުގައި ލިބިވަޑައި ގަންނަވަނީ 42،500 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 20 ހާސް ރުފިޔާ ލިބިވަޑައި ގަންނަވައެވެ. އެހެންކަމުން ލިވިން އެލަވަންސާ އެކު މެމްބަރަކަށް މަހަކު ލިބިވަޑައި ގަންނަވާނީ 62،500 ރުފިޔާއެވެ. މީގެ އިތުރުން މެމްބަރުންނަށް ކޮމެޓީ އެލަވަންސް ވެސް ލިބިވަޑައި ގަންނަވައެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ކޮމެޓީ އެލަވަންސްގެ ތަފްޞީލެއް ނުލިބެއެވެ.

މެމްބަރުންގެ މުސާރައިގެ ވިހި އިންސައްތަ އަކީ 8،500 އެވެ. އެޢަދަދު އުނިކުރުމުން ވެސް މެމްބަރުންނަށް މުސާރައިގެ ގޮތުގައި 34 ހާސް ލިބި ވަޑައިގަންނަވާނެއެވެ. 87  މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނިކުރުމުން ޖެހޭ ޢަދަދަކީ 739,500  ރުފިޔާއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.