ކޮވިޑް-19 އާ ބެހޭ ޓާސްކްފޯހެއް އައްޑޫގައި އުފައްދައި މަސައްކަތް ފަށައިފި

ކޮވިޑް-19 އިން ރާއްކާތެރިވެ ތިބުމަށްމަސައްކަތް ކުރާނެ ޚާއްސަ ޓާސްކްފޯހެއް އައްޑޫސިޓީގައި އުފައްދައި މަސައްކަތްތައް ފަށައިފިއެވެ.

އައްޑޫ އިކުއެޓޯރިލް ހޮސްޕިޓަލް (އޭއީއެޗު) އިން މައުލޫމާތު ދެއްވި ގޮތުގައި އެ ޓާސްކްފޯހުގެ މަސައްކަތް އައްޑޫގައި ވަރަށް ބާރަށް މިހާރު ކުރިއަށް އެބަދެއެވެ. އެ ފޯސްގައި އައްޑޫގައި ހަރަކާތްތެރިވާ ކަމާބެހޭ ހުރިހާ މުއައްސަސާތައް ހިމެނެއެވެ.

މިޓާސްކްފީހުގެ މައިގަނޑު މަސައްކަތަކަށްވާނީ ކޮވިޑް-19 ރައްޔިތުން ރައްކާތެރި ކުރުމަށް އެޅެމްހުރި ހުރިހާ ފިޔަވަޅުތަކެއް އަޅައި އިރުޝާދު ދިނުމެވެ. ސީދާ އައްޑޫސިޓީން މިބަލި ނުފެނުނަސް އައްޑޫ ސިޓީ ބަނދަރުގައި އޮވެފައިވާ ސަފާރީއެއްގައި ތިބި ދެ މީހަކު މިހާރުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ އޭގައިތިބި ބިދޭސީ ދެމަފިރިއެވެ. އެމީހުން ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އައްޑޫ ބަނދަރުގައި އޮތުމަށްފަހު އެނބުރި ފުވައްލުކު ސިޓީއަށް ދިޔަފަހުން ނެގި ސާމްޕަލަކުންނެވެ.

ސަފާރީން އެ ދެމީހުން ޕޮޒިޓިވް ވުމުން ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13 އަށް އަރައިފައެވެ. ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް އައްޑޫގައި އުފެއްދ ޓާސްކްފޯހުން މިހާރު ގެންދަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން ރައްކާތެރި ކަމުގެ އިތުރު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.