ކޮވިޑް 19 އަށް ޝައްކު ކުރެވޭ މީހަކު ކުރަމަތިން ފެނުމުން އެރަށަށް އަރާފޭބުން މެދުކަނޑާލައިފި

ކޮވިޑް 19 އަށް ޝައްކު ކުރެވޭ މީހަކު އއ. އަތޮޅުގައި ހިންގާ ކުރަމަތި އައިލެންޑް ރިސޯޓުން ފެނިއްޖެއެވެ.

ކޮވިޑް 19 އަށް ޝައްކު ކުރެވިފައިވަނީ ބިދޭސީއެކެވެ. އޭނާ މިހާރުވަނީ އަލާމާތްތައް ފެނުމާއެކު އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައެވެ. މިހާރު ގެންދަވަނީ އޭނާ ޓެސްޓް ކުރުމުގެ މަސައްކަތް ކުރައްވަމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވިއެވެ. އެމީހާ ފެނުމުން އެރިސޯޓަށް އަރައިފޭބުން ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ.

"އއ. އަތޮޅުގައި ހިންގާ ކުރަމަތި އައިލެންޑް ރިޒޯޓްގައި ހުރި ބިދޭސީ އެއްގެ ފަރާތުން ކޮވިޑް 19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، އޭނާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް އެރިޒޯޓަށް އަރާފޭބުން ވަގުތީގޮތުން ވަނީ ހުއްޓާލެވިފައި،" އެޗުޕީއޭއިން ވިދާޅުވިއެވެ.

މިތާނަށް ރާއްޖެއިންވަނީ އެބަލީގެ 6 މީހުން ފެނިފައެވެ. ސަރުކާރުން ގެންދަވަނީ ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ދެމުންގެންދާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

ދުނިޔެއަށް ބަލާއިރު އެއްލައްކަ ސާދަހާސް މީހުންނަށް މިބަލިވަނީ ޖެހިފައެވެ. އޭގެ ތެރެއިން، ފަރުވާކުރެވި ފަސްދޮޅަސް ހަތަރުހާސް މީހުން ވަނީ ރަނގަޅުވެފައެވެ. ހަތަރު ހާސް މީހުންވަނީ މަރުވެފައެވެ. ބާކީ ތިބި މީހުންނަށް މިހާރުވެސް ދަނީ ފަރުވާ ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.