
އިންޑިއާ ސަރުކާރުން ރާއްޖެއަށް ބޭހުގެ ސާމާނު އެހީ މިއަދު ފޮނުވައިފިއެވެ. މިއަދު ފޮނުވި ސާމާނު ރައްކާކުރުމުގެ މަސައްކަކަތުގައި ދިވެހި ސިފައިންވަނީ ހަރަކާތްތެރިވެފައެވެ.
މިއީ ކޮވިޑް 19 އާ ގުޅިގެން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން އެހީއެކެވެ. އެ ގައުމުގެ ސަރުކާރުން ވިދާޅުވެފައިވަނީ ރާއްޖެއަށް ބޭނުންވާ ތިން މަސްދުވަހުގެ ބޭސް ހިލޭ ފޯރުކޮށްދެއްވާނެ ކަމަށެވެ. މިއަދު އެ ގައުމުން ފޮނުވި ބޭހުގެ ސާމާނުގެ ތެރޭގައި ހިމެނެނީ ކޮންސާމާނެއް ކަމާއި ކިހާވަރެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
އިންޑިއިން ވަނީ ރާއްޖެއަށް މެޑިކަލް ޓީމެއް ވެސް އިއްޔެ ފޮނުވައިފައެވެ. އެޓީމުގައި 14 މީހުން ހިމެނެއެވެ. އޭގެ ތެރޭގައިމ ހޭނައްތާ ޑޮކްޓަރުންނާއި، އެތެރެހަށީގެ ޚާއްސަ ޑޮކްޓަރުންނާއި، ނަރުހުން ވެސް ހިމެނެއެވެ. އެޓީމު މިއަދު ވަނީ ރާއްޖޭގައި މަސައްކަތް ކުރަން ފަށައިފައެވެ.