ކޮވިޑް 19 ގެ އަލާމާތްތައް ފެނިގެން ކުރެއްދޫއިން އިތުރު ދެމީހަކު މާލެ ގެންނަނީ

ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން އިތުރު ދެމީހަކު ޅ. ކުރެއްދޫ އައިލެންޑު ރިސޯޓުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ އަލާމާތްތައް ހުރި އިތުރު ދެ މީހަކު ކުރެއްދޫ ރިސޯޓުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ކޮވިޑާ ބެހޭ މައުލޫމާތު ދިނުމަށް ރައީސް އައްޔަން ކުރައްވާފައިވާ މުހައްމަދު މަބުރޫކު އަޒީޒު މިއަދު ވިދާޅުވީ އެމީހުން ގެންނާނީ އައިސޮލޭޝަން ފެސިލިޓީއަށް ކަމަށެވެ. ކުރެއްދޫއަކީ މިހާރުވެސް އަރާފޭބުން މަނާކޮށްފައިވާ ރަށެކެވެ.  ރާއްޖެއިން މިހާތަނަށް ފެނިފައިވާ ކޮވިޑް 19 ގެ ކޭސްތަކުގެ ތެރެއިން 4 ކޭސް ފެނިފައިވަނީ އެރިސޯޓުންނެވެ.

ކުރެއްދޫ އައިސޮލޭޝަންގައި މިހާރުވެސް މީހުން އެބަތިއްބެވެ. އެހެންނަމަވެސް އައިސޮލޭޝަންގައި ތިބީ އެތަނުގައި މަސައްކަތްކުރާ އެންމެންނެއް ނޫނެވެ. އެއީ އެރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިޓަލީއަށްދިޔަ ފަހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވިކަން އެނގުނުމީހާއާ ކޮންޓެކްޓް ވެފައިވާ މީހުންނެވެ. މަބުރޫކު ވިދާޅުވީ މިހާތަނަށް ވަނީ 230 މީހުން ކޮންޓްކްޓް ޓްރޭސިން ހެދިފައި ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.