
މާލޭގައި އުޅޭ ދިވެއްސެއްސަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވުމާ ގުޅިގެން މާލެ ސިޓީ 24 ގަޑިއިރަށް ބަންދުކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝްން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެފައިވަނީ ލޮކްޑައުން ކޮށްފައިވާ ވަގުތުގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ.
"މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން #ކޯވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ 24 ގަޑިއިރަށް "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާކަން އިޢުލާނު ކުރަން. މި ދަނޑިވަޅުގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއް،" އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ.