
ކޮރޯނާ ވައިރަސްއަށް ނުވަތަ ކޮވިޑް-19 އަށް ޝައްކު ކުރެވު ދިވެއްސަކު އެކަހެރިކޮށް މޮނިޓަރ ކުރަން ފަށައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗުޕީއޭއިން މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމީހާއަކީ އިޓަލީން ރާއްޖެއަށް ދަތުރުކުރި ދިއްވެއްސެއް ކަމަށެވެ. "މިއަދު އިޓަލީން ރާއްޖެއަށް ދަތުރުކުރި ދިވެއްސެއް ކޮވިޑް-19 އަށް މިނިޓަރ ކުރުމަށް އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްދަނީ،" އެޗުޕީއޭ އިން ވިދާޅުވެފައިވެއެވެ.
މީގެ މަހެއްހާ ދުވަސްކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ޗިލީގެ ރައްޔިތަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން މެލޭޝިއާ، ސިންގަޕޫރު، އިންޑޮނޭޝިއާއަށް ވެސް ދަތުރު ކޮށްފައެވެ. ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން މިހާރުގެންދަނީ އެފަދަ މީހަކު ރާއްޖެއަށް އެތެރެވެފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.
މި ބަލިޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައެއް ނުވެއެވެ. މި ބައްޔަށް ޓެސްޓްކުރުމުގެ ނިޒާމްވެސް އައިޖީއެމްއެޗުގައި މިހާރުވަނީ ގާއިމްކޮށްފައެވެ.